މަޖިލިސް ރައީސް މުހައްމަދު ނަޝީދު. ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެމްޑީޕީގެ ޗެއާޕަރސަން ކަމަށް އިންތިޚާބުވެވަޑައިގެންނެވި އިކޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި އެކު އެމްޑީޕީ އަށް އިތުރު ކާމިޔާބީ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗެއާޕަރސަންކަމުގެ އިންތިހާބުގައި ވާދަކުރެއްވީ ފައްޔާޒް އައި އިމްތިޔާޒް ފަހުމީއެވެ. އިންތިހާބުގައި ރައީސް ނަޝީދު ތާއީދުކުރެއްވި އިންތި އަށެވެ. އެކަމަކު ފައްޔާޒް އިންތިހާބު ކާމިޔާބުކުރެއްވީ 7،000 އަށް ވުރެ ގިނަ ވޯޓުގެ ބޮޑު ފަރަގަކުންނެވެ.

އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އިންތިޚާބަށް ފަހު ފައްޔާޒަށް މަރުހަބާ ވިދާޅުވެ އިންތި ކުރެއްވި ޓުވީޓު ރީޓުވީޓު ކުރައްވައި ރައީސް ނަޝީދު ވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ފައްޔާޒްގެ ޗެއާޕަރސަން ކަމުގައި އެމްޑީޕީ އަށް އިތުރު ކާމިޔާބީތައް ލިބޭނެ ކަމަކީ އެމަނިކުފާނުގެ ހިތުގައި ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

މި ދެ ބޭފުޅުން ވެސް މިހެން ވިދާޅުވެފައި މި ވަނީ އިންތިޚާބު ނިމި ގާތްގަނޑަކަށް 24 ގަޑި އިރު ހަމަވާން ގާތްވީ އިރު ވެސް ދެ ބޭފުޅުންގެ ފަރާތުން އެއްވެސް ބަހެއް އައިސްފައި ނުވާތީ ބަލި ގާބޫލުނުކުރާ ކަމަށް އާންމުންގެ ތެރޭގައި އަޑު ފެތުރިފައި ވަނިކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.