އެމްޑީޕީގެ މެމްބަރުންނަށް މިއީ އައު ދުވަހެއް ކަމަށާއި، އެމްޑީޕީގެ ހުރިހާ މެމްބަރުން ކުރިއަށްދާނީ އެކުގައި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ކާމިޔާބު ހޯއްދެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މާރިޔާ ކުރެއްވި ޓުވީޓެއްގައިވަނީ މި އިންތިހާބަކީ ނަމޫނާ އިންތިހާބެއް ކަމަށް ވިދާޅުވެފައެވެ.
މާރިޔާ ވިދާޅުވީ އެހެން ޕާޓީތަކުން އެމްޑީޕީގެ އިންތިހާބުތަކަކީ މިސާލެއް ކަމަށް ބަލަން ޖެހޭ ކަމަށާ އެމްޑީޕީއާމެދު ފަޚުރުވެރިވާ ކަމަށެވެ.
އެމްޑީޕީ ޗެއަރޕަރސަން ކަމުގެ އިންތިހާބު ބޮޑު ތަފާތަކުން މިނިސްޓަރ ފައްޔާޒް އިސްމާއީލް ކާމިޔާބުކުރެއްވުމަކީ އެމްޑީޕީން 2023ގައި ވެސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން ބޭނުންވާ ކަމުގެ ހެއްކެކެވެ.