ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ނަތީޖާ އަލުން ގުނަން ހުށަހަޅަން މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ.

މި އިންތިހާބުގައި ވާދަކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާ އާއި، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓް އައިމިނަތު ޝީޒާ އެވެ.

އެ ޕާޓީގެ ސްޕޯކްސްޕަރސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަގުތީ ނަތީޖާ ބެލުމަށް ފަހުން އަލުން ގުނަން އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މި އިންތިހާބު ޕީޕީއެމް އިން ކާމިޔާބުކުރީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. މި އިންތިހާބުގައި ވޯޓުލުމަށް ބެހެއްޓީ 6 ވޯޓު ފޮއްޓެވެ. އެ ހަ ފޮށީގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު، 359 ވޯޓާއި އެކު އިންތިހާބު ކާމިޔާބުކުރީ ޕީޕީއެމް އިންނެވެ. އެމްއެންޕީ އަށް ލިބުނީ 358 ވޯޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.