އެމްޑީޕީގެ ޗެއާޕަރސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފައިވާތީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް އިމްތިޔާޒް ފަހުމީގެ ގާނޫނީ ޓީމުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.

ދާދި ދެންމެ އަކު ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލު މުހައްމަދު ނިޝާން ވިދާޅުވީ ކެމްޕޭން ކުރަން ލިބުނު ވަގުތު ހަމަވި ފަހުން ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެހެން ޕާޓީތަކުން އިންތިހާބު ތެރެއަށް ވަނުމާއި، ވޯޓުލާ މަރުކަޒުތައް ކައިރީގައި ފައިސާ ބެހުމާއި އައިޑީ ކާޑު ގަތުމާއި، ދައުލަތުގެ ރިސޯސްތައް މި އިންތިހާބުގެ ކެމްޕޭނުގައި ބޭނުންކުރުމުގެ އިތުރުން، ވޯޓުލުމަށް ފަހު އިނގިލީގެ ނިޝާން ނުޖަހައި ދެ ފަހަރު އެމީހަކަށް ވޯޓުލުމުގެ ފުރުސަތު ދެވޭ ގޮތަށް ބައެއް މަރުކަޒުތަކުގައި އަމަލުކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ފޮށިތަކުގެ ވޯޓުލުން ހުއްޓުވަން އެދިފައިވާ ކަމަށް ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ އެފަދަ ޝަކުވާތައް ލިބުނު ފޮށިތަކުގެ ވޯޓުލުން ހުއްޓުވުމަށް ވެސް އެދިފައިވާ ކަމަށާއި، ނުހުއްޓުވައި ކުރިއަށްދާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެހެން އެކަން ހިނގަނިކޮށް ވަގުތު އިތުރުކުރުމަކީ އެކަންކަމަށް އިތުރު ހިއްވަރު ލިބުނު ކަމެއް ކަމަށް ވިދާޅުވިއެވެ.

ކަނޑައަޅާފައި އޮތީ 4 ޖެހީމަ ވޯޓުލުން ހުއްޓާލާ ގޮތަށް. އެކަމަކު ވޯޓުލުން އިތުރުކުރަން އިއުލާން ކުރީ 4 ގެ ފަހުން. ދުނިޔޭގެ އެއްވެސް ތަނެއްގަ ކުރާ ކަމެއް ނޫން މުއްދަތު ހަމަވާ ފަހުން އެކްސްޓެންޑު ކުރަން ހުށަހެޅުމަކީ.

ނިޝާން ވިދާޅުވީ 4 ގެ ފަހުން މުއްދަތު އިތުރުކުރުމުން ވޯޓުގެ ނަތީޖާ އަށް އަސަރުކުރާނެ ބޮޑެތި މައްސަލަތައް ފެންމަތިވި ކަމަށެވެ. އެގޮތުން ވޯޓުލާ ވަގުތު އިތުރުކުރި އިރު ބައެއް ފޮށިތައް ބަންދުކޮށް ސީލް ވެސް ކޮށްފައިވާ ކަމަށާއި، ދެން އަނެއްކާ ވޯޓުފޮށު ކަނޑައިގެން ވޯޓުލުމާ ހަމައަށް ދިޔަ އިރު، އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގިނަ ޝަކުވާތަކެއް ގާނޫނީ ޓީމުގެ ފަރާތުން ހުށަހަޅާފައިވާއިރު، އެއިން އެއްވެސް ޝަކުވާއަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށާއި ވަގުތުން ބަލަން ޖެހޭ ފަދަ ކަންތައްތަކެއް ހުރި އިރު އެކަންކަން ނުވެސް ބަލާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.