އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ޗެއާޕާސަން ކަމަށް ކުރިމަތިލާ ދެ ކެންޑިޑޭޓުން ވޯޓުލައިފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންކަމަށް ކުރިމަތިލާ ދެ ކެންޑިޑޭޓުން ވެސް ވޯޓުލައިފިއެވެ.

ފޯރިގަދަވެފައިވާ މި އިންތިހާބަކީ އެމްޑީޕީގެ ކުރިމަގު ބިނާކުރާ އިންތިހާބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އެ ޕާޓީގެ ދެ ފެކްޝަނުގެ ދެ ކެންޑިޑޭޓުންނެވެ. އެއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

ދެ ކެންޑިޑޭޓުން ވެސް ވޯޓުލައްވާފައިވާއިރު، ފައްޔާޒް ވޯޓު ލައްވާފައި ވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަދި އިމްތިޔާޒް ވޯޓު ލައްވާފައި ވަނީ ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓުފޮއްޓަށެވެ.

މިއަދު ހެނދުނު 9:00 ގައި ފެށި އެމްޑީޕީގެ ޗެއާޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވޯޓުލައްވާފައެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00ގެ ނިޔަލަށެވެ. މި އިންތިހާބުގައި ޖުމްލަ 281 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ރާއްޖޭގެ 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަހައްދުގައި ވެސް 87 ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި 94،211 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ހުރިހާ މެންބަރުންނަށް ޗެއާޕާސަން ހޮވަން ވޯޓު ލެވޭނެއެވެ. އަދި އަންހެނުންގެ ރޫހަށް 41،027 މެންބަރުންނަށް ވޯޓުލެވޭއިރު، ޔޫތު ވިންގަށް 32،057 މެންބަރުންނަށް ވޯޓުލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.