އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ ޗެއާޕާސަން, އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު 9:00 ގައި އެ އިންތިހާބުތަކުގެ ވޯޓުލުން ފަށާފައިވާއިރު، ވޯޓުލުން ކުރިއަށްދާން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00ގެ ނިޔަލަށެވެ.

މި އިންތިހާބުގައި ޖުމްލަ 281 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ރާއްޖޭގެ 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަހައްދުގައި ވެސް 87 ވޯޓު ފޮށި ބަހައްޓަްނ ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި 94،211 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ހުރިހާ މެންބަރުންނަށް ޗެއާޕާސަން ހޮވަން ވޯޓު ލެވޭނެއެވެ. އަދި އަންހެނުންގެ ރޫހަށް 41،027 މެންބަރުންނަށް ވޯޓުލެވޭއިރު، ޔޫތު ވިންގަށް 32،057 މެންބަރުންނަށް ވޯޓުލެވެއެވެ.

މި އިންތިހާބުގެ ކެމްޕޭނުގައި އެންމެ ފޯރިގަދަވި އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިފަހަރު ކުރިމަތި ލަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.