އެމްޑީޕީގެ އެތެރޭ އިންތިޚާބުގެ ވޯޓުލުން

94،000 މެންބަރުންނާއެކު މާދަމާ އެމްޑީޕީގެ ޗެއާޕާސަން އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ފަށަން ތައްޔާރުވެއްޖެއެވެ.

މާދަމާ އެމްޑީޕީގެ އިންތިހާބު ފަށަން ހަމަޖެހިފައި ވަނީ ހެނދުނު 9:00 ގައެވެ. އަދި ހަވީރު 4:00 ވަންދެން އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނެއެވެ. ކެމްޕޭނުގައި އެންމެ ފޯރިގަދަވި އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިފަހަރު ކުރިމަތި ލަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އެ އިންތިހާބުގައި ޖުމްލަ 282 ވޯޓު ފޮއްޓެއް ބަހައްޓާން ނިންމާފައިވާއިރު، މާލޭގައި ވެސް 87 ފޮއްޓެއް ބަހައްޓާނެއެވެ.

މާދަމާ އިންތިހާބު ފެށޭއިރު، މާދަމާ ކެމްޕޭންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ހިންގުން މަނާ ވާނެއެވެ. އަދި ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލުމަށްފަހު އެ މަރުކަޒުގައި މަޑުކުރުން ވެސް މަނާ ވާނެއެވެ. މީގެ އިތުރަށް ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހަކަށް ދެއްކުމާއި، ވޯތު ކަރުދާސްކޮޅު ހިފައިގެން ވޯޓުލާ ސަރަހައްދުން ބޭރަށް ދިއުން ވެސް މަނާވާނެއެވެ.

މީގެ އިތުރުން ކެންޑިޑޭޓުން، ވޯޓުލުމަށް ފިޔަވައި ވޯޓުލާ މަރުކަޒަށް ވަނުން ވެސް މަނައެވެ.

މާދަމާ ހެނދުނު އެމްޑީޕީގެ އިންތިހާބު ފަށަން ތައްޔާރުވަމުން ދާއިރު، ރާއްޖެއަށް އަދި ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގެ މޫސުން ގޯސްކަން ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *