އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ގޯނާކުރާ މައްސަލަ ބަލަމުންދާ ކަމަށާއި، ކުއްޖާއަށް ގަނާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރުމަށް ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ޗީއެފްޕީއެސް) އިން އިލްތިމާސްކޮށްފިއެވެ.
ޗައިލްށް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް އިން ބުނީ ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައުލޫމާތު ލިބިގެން އެ ސާވިސްއާއި އެޑިއުކޭޝަން މިނިސްޓްރީއާއި، އެރަށުގެ ކައުންސިލާއި ރަށުގެ އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފުލުހުން ވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ސާވިސްއިން ބުނީ ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑިއޯއަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯއެއް ކަމަށެވެ. އެހެންކަމުން މީސްމީޑިއާގައި އަދި އެހެނިހެން މަންސަތަކުގައި އެ ވީޑިއޯ އާންމު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާތީ އެކަމާއި ގުޅިގެން ދަންނަވަމެވެ. މިކަމުގެ މަޢުލޫމާތު ލިބިގެން މި ސަރވިސް އިން ދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) 1/2
— Child and Family Protection Service (@cfps_mv) May 13, 2022
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ކުއްޖަކު ވަލުތެރެއަށް ވައްދާ އަނިޔާކުރާ މަންޒަރު ފެނެއެވެ. އަަދި އެ ކުއްޖާ ގައިގައި އެއްޗަކުން ތަޅާ މަންޒަރު ވެސް ފެނިގެން ދެއެވެ. އެކަން ކޮށްފައި ވަނީ ކުޑަކުދިންތަކެއްގެ ގްރޫޕަކުންނެވެ.