ރައީސް ސޯލިހް، ޔޫއޭއީގެ ކްރައުން ޕްރިންސް، މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާއެކު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޙް ޙަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫޜިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝެއިޙް ޙަލީފާ އަވަހާރަވެވަޑައިގެންނެވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި، ޝެއިޙް ޙަލީފާއަކީ ދުރުވިސްނިވަޑައިގަންނަވާ ލީޑާރެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާތް ރައްޓެއްސެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހް ވަނީ ޔޫއޭއީގެ ޕްރިންސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށާއި ރިޔާސީ އާއިލާއަށް އެމަނިކުފާނުގެ ތައުޒިޔާ ދަންނަވާފައެވެ.

ޔޫއޭއީގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓްރީން ބުނީ ރައީސް އަވަހާރަވުމުގެ ހިތާމަ ރަސްމީކޮށް ފާޅު ކުރުމަށްޓައި އެގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ. އަދި ތިން ދުވަސް ވަންދެން ސަރުކާރު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝެއިޙް ޙަލީފާ އަވަހާރަވަޑައިގެންނެވިއިރު، އުމުރުފުޅަކީ 73 އަހަރެވެ. އެމަނިކުފާނަކީ ޔޫއޭއީގެ ރައީސްގެ އިތުރުން ޝެއިޙް ޙަލީފާއަކީ އަބޫދާބީގެ ވެރިޔާވެސް މެއެވެ.

ޔޫއޭއީގެ ރައީސް ކަމާ ޝެއިޙް ޙަލީފާ ހަވާލުވެވަޑައިގެންނެވީ 2004 ވަނަ އަހަރެވެ. ވެރިކަމުގެ ކުރީކޮޅު، ފެޑެރަލް ސަރުކާރަށާއި، އަބޫ ދާބީއަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ނަމަވެސް، 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގަތުމާ ގުޅިގެން އާންމުންގެ ތެރެއަށް ނިކުމެވަޑައިގަތުން ވަރަށް މަދުކުރެއްވިއެވެ.

ސްޓްރޯކަށްފަހު އޭނާ ރައީސްކަން ކުރެއްވީ އަދާކުރެއްވީ ރަމްޒީ ސިފައެއްގައެވެ. ގައުމު ހިންގެވުމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.