ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝޭޙް ޙަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެއްޖެއެވެ.
ޔޫއޭއީގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓްރީން ބުނީ ރައީސް އަވަހާރަވުމުގެ ހިތާމަ ރަސްމީކޮށް ފާޅު ކުރުމަށްޓައި އެގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ. އަދި ތިން ދުވަސް ވަންދެން ސަރުކާރު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޝެއިޙް ޙަލީފާ އަވަހާރަވަޑައިގެންނެވިއިރު، އުމުރުފުޅަކީ 73 އަހަރެވެ. އެމަނިކުފާނަކީ ޔޫއޭއީގެ ރައީސްގެ އިތުރުން ޝެއިޙް ޙަލީފާއަކީ އަބޫދާބީގެ ވެރިޔާވެސް މެއެވެ.
ޔޫއޭއީގެ ރައީސް ކަމާ ޝެއިޙް ޙަލީފާ ހަވާލުވެވަޑައިގެންނެވީ 2004 ވަނަ އަހަރެވެ. ވެރިކަމުގެ ކުރީކޮޅު، ފެޑެރަލް ސަރުކާރަށާއި، އަބޫ ދާބީއަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ނަމަވެސް، 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގަތުމާ ގުޅިގެން އާންމުންގެ ތެރެއަށް ނިކުމެވަޑައިގަތުން ވަރަށް މަދުކުރެއްވިއެވެ.
ސްޓްރޯކަށްފަހު އޭނާ ރައީސްކަން ކުރެއްވީ އަދާކުރެއްވީ ރަމްޒީ ސިފައެއްގައެވެ. ގައުމު ހިންގެވުމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއެވެ.