ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށް 12 އެވޯޑެއް، ކޮންމެ އަހަރަކު ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
މި އެވޯޑްތަކަށް ޓޫރިސްޓުން ބައިތިއްބާ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރަށް ކުރިމަތިލެވޭނެއެވެ.
މި އެވޯޑްތަކަކީ:
- އެވޯޑް ފޯރ ސްޓާފް އެކޮމޮޑޭޝަން
- އެވޯޑް ފޯރ ސްޓާފް މީލްސް
- އެވޯޑް ފޯރ ސްޓާފް ރެކްރިއޭޝަން/އެންޓަޓެއިންމަންޓް
- އެވޯޑް ފޯރ ހެލްތް ކެއަރ
- އެވޯޑް ފޯރ ސޭފް ވާރކް އެންވަޔަރަމަންޓް
- އެވޯޑް ފޯރ ޕަރޗޭސް އޮފް ލޯކަލް ފްރޮޑަކްޓްސް
- އެވޯޑް ފޯރ ލޯކަލް ކަލްޗަރަލް ޕާރފޯމާރސް
- އެވޯޑް ފޯރ ލޯކަލް މިއުޒީޝަން
- އެވޯޑް ފޯރ ލޯކަލް ޑީޖޭ
- އެވޯޑް ފޯރ ހަޔަސްޓް ޕެރިޓީ އޮފް ލޯކަލް ސްޓާފް
- އެވޯޑް ފޯރ ހަޔަސްޓް ނަންބަރ އޮފް ފީމެއިލް ސްޓާފް
- އެވޯޑް ފޯރ ޓްރެއިނިންގ އެންޑް ކެރިއަރ ޑިވެލޮޕްމަންޓް
މި އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ އެއްވަނަ ދުވަހު ހުޅުވާލާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް މިފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން ބުނީ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރު، މިއިން ކޮންމެ ކެޓަގަރީއަކުން ޖުމްލަ މާރކްސް އެންމެ މަތިން ހޯދާ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަރާތަކަށް އެވޯޑެއް ދެވޭނެ ކަމަށެވެ.
މި އެވޯޑްތަކާއި ގުޅޭ ކްރައިޓީރިއާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާނެއެވެ.