ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަސަން އަލް ހަމާދީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ވަނީ އުރީދޫއިން ރާއްޖޭގައި ދެމުން އަންނަ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ވަނީ ވަރލްޑްކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުވާފައެވެ. އަދި ވަރލްޑްކަޕްގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ބޯޅައެއް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެއެވެ.