ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން މިއަހަރު، ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 

އެގޮތުން މާލެއިން ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ ޖުމްލަ 7،433،908.00 (ހަތް މިލިއަން ހަތަރުލައްކަ ތިރީސް ތިންހާސް ނުވަސަތޭކަ އަށެއް) ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އޮންލައިންކޮށް އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ލިބިފައިވާ ފައިސާ ކަމަށާ މީގެ ތެރޭގައި  އޮންލައިންކޮށް އެހެން ރަށްރަށުން ދައްކާފައިވާ ފައިސާވެސް ހިމެނެ ކަމަށެވެ.

ފަޤީރުން ނެތް ރަށްރަށުގެ ފައިސާގެ ގޮތުގައި 450،373 (ސާޅިސް ފަންސާސް ތިންސަތޭކަ ތިރީސް ތިނެއް) ރުފިޔާ ލިބިފައިވާއިރު ފަޤީރުން ނެތް ރަށްތަކުގެ ގޮތުގައި ހިމެނެނީ ޖުމްލަ 42 ރަށެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފަޤީރުންނެތް ރަށްރަށަކީ ހއ. މޮޅަދޫ، ހއ. މުރައިދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ، ށ. ބިލެތްފަހި، ށ. ފީވަށް، ށ. ކޮމަންޑޫ، ށ. ނޫމަރާ، ށ. ނަރުދޫ، ށ. މަރޮށި، ނ. މާޅެންދޫ، ނ. މަގޫދޫ، ނ.ފޮއްދޫ، ރ. އަނގޮޅިތީމު، ރ. ކިނޮޅަސް، ބ. ފުޅަދޫ، ބ. ގޮއިދޫ، ބ. ކިހާދޫ، ބ. ކެންދޫ، ކ. ހުރާ، އދ. ދިއްދޫ، އދ. މަންދޫ، އދ. ފެންފުށި، އދ. މަހިބަދޫ، ވ. ފެލިދޫ، ވ. ރަކީދޫ، ވ. ތިނަދޫ، ވ. ފުލިދޫ، މ. ދިއްގަރު، މ. ނާލާފުށި، މ. ރަތްމަންދޫ، މ. ވޭވަށް، މ. މަޑުއްވަރި، ފ. ދަރަނބޫދޫ. ފ. މަގޫދޫ، ފ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވަންދޫ. ތ. ގުރައިދޫ، ލ. ދަނބިދޫ، ދ. ހުޅުދެލި، ދ. ރިނބިދޫއެވެ.

ފަޤީރުން ނެތް ރަށްރަށުން ލިބުނު ފައިސާއާއި މާލެއިން ލިބުނު އަދަދަށް ބަލާއިރު މުޅި ޖުމްލަ 7،884،281.00 (ހަތް މިލިއަން އަށްލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ އަށްޑިހަ އެކެއް ) ރުފިޔާ ވަނީ ޒަކާތުގެ ގޮތުގައި ލިބިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުގެ ބާވަތްތަކުން މުޅި ޖުމްލަ ލިބިފައިވަނީ 11،399.45 (އެގާރަ ހާސް ތިންސަތޭކަ ނުވަދިހަ ނުވައެއް ޕޮއިންޓް ހަތަރެއް ފަހެއް) ކިލޯ ކަމަށެވެ.

ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބިފައިވަނީ 10،092 (ދިހަހާސް ނުވަދިހަ ދޭއް) ކިލޯއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.