ހުޅުމާލޭގައި އަލަށް އާބާދުވި ދެވަނަ ފިޔަވައްސަށް ހާއްސަ ކޮށްގެން ޑަބަލް ޑެކް ބަސްތަކެއް އެމްޓީސީސީން ރާއްޖެ ގެނެސްފި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ކުރެއްވި އެފްބީ ޕޯސްޓެއްގައި ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމަށް ބޭނުންވާ ބަސްތައް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެ ބަސްތަކުގެ ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ހުޅުމާލޭގެ އާންމު ދަތުރުފަތުރަށް އިތުރު 15 ބަސް އަންނަ މަހުނެ ފެށިގެން ބޭނުންކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މިއިން ބަހެއްގައި ގާތްގަނޑަކަށް 80 މީހުން އެއްފަހަރާ އުފުލޭނެ އެވެ.