ފިތުރު އީދު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހައްޔަރުކޮށްފައިވަނީ، ގއ. ގެމަނަފުށި، ކެނެރީގެ، އަހްމަދު ނަޒީހް (27 އަހަރު) ކަމަށާ އޭނާ ހައްޔަރުކުރީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން 4 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ދަނީ ކުރަމުންނެވެ. އެ ފަސް މީހުންނަކީ:

  • ކ. މާލެ/ ދަފްތަރު ނަންބަރު  ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)
  • ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
  • ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު  (20އ)
  • ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)

މި މައްސަލާގައި މިހާތަނަށް 5 މީހަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.