ކްރިމިނަލް ކޯޓު-- ފޮޓޯ: ވަން އޮންލައިން

މީހުން ޓްރެފިކްކޮށް، ރާއްޖޭގައި ހަށިވިއްކުވި މައްސަލާގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮނީރު 30 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް 30 އަހަރުގެ ހުކުމެއް ކޮށްފައި ވަނީ ދެ ދައުވާއަކަށެވެ. އެއީ މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ރާއްޖޭގައި މީހަކު ލައްވައި ހަށިވިއްކުވުމުގެ ދައުވާއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން މީހުން ޓްރެފިކްކުރުމުގެ ކުށުން ބަނގްލަދޭޝް ރައްޔިތެއްކަމުގައިވާ މޮނީރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ 14 ވަނަ ނަންބަރުގެ ދަށުން މޮނީރު ޖަލަށްލާން ހުކުމް ކުރީ 15 އަހަރަށެވެ.

އެހެން ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މޮނީރު ތަންފީޒުކުރަންޖެހޭ ހުކުމުގެ މުއްދަތަކީ 12 އަހަރާއި، އެއްް މަހާއި، ތިން ދުވަސްކަމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ދިވެހިރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވުމުގެ ކުށުން ބަނގްލަދޭޝް ރައްޔިތެއްކަމުގައިވާ މޮނީރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ޖިންސީ ކުށުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން މޮނީރު ޖަލަށް ލާން ހުކުމް ހުރީ 15 އަހަރަށެވެ.

މޮނީރަށް ޖުމްލަ 30 އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރަން ޖެހެނީމިމަހު 20 ވަނަ ދުވަހުން ފެށިގެން 27 އަހަރާއި އެއް މަހާއި ތިން ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *