ސްޕެލިން ބަދަލުކޮށްގެން ދަމާފައިވާ އިންޑިއާ އައުޓް ބެނާ

ފުލުހުން ނިކުމެ "އިންޑިއާ އައުޓް" ބެނާތައް ނެގުމުން، ސްޕެލިން ބަދަލުކޮށްގެން އަނެއްކާވެސް ބެނާ ދަމައިފިއެވެ.

ސްޕެލިން ބަދަލުކޮށްގެން ބެނާ ދަމާފައި މިވަނީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ގަރާރެއްގެ ޒަރިއްޔާއިން ރައީސުލްޖުމްހޫރިއްޔާ އަންގަވާފައި ވަނިކޮށެވެ. ރައީސް ގަރާރު ނެރުއްވިއިރުވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެތަކަށް ވަދެ އެ ގެތަކުގައި ދަމާފައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ބެނާތައް ވެސް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސްގެ ގަރާރަށް ގޮންޖަހައި، ރޭ ދަމާފައިވާ ބެނާގައި "INDIA OUT" ގެ ބަދަލުގައި ޖަހާފައި ވަނީ "IN DEAR OUT" އެވެ.

އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ރައީސް ސޯލިހް ގަރާރު ނެރުއްވިއިރު، އެ ގަރާރުގައި އިންޑިއާއާމެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މިހާރު އިދިކޮޅުން ދަމާފައިވާ ބެނާއަކީ ސީދާގޮތުން އިންޑިއާއަށް ނިސްބަތްކޮށް ދަމާފައިވާ ބެނާއެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *