ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑިއާ އައުޓް ބެނާތައް ގާނޫނުލްއުގޫބާތާ ހިލާފު ކަމަށާއި، ފުލުހުން އެ ތަކެތި ނަގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު މަޖިލިސް ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކާގައެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މާލޭގެ ބޮޑެތި އިމާރާތްތަކުގައި އަވައްޓެރި ގައުމުތަކާ ބެހޭގޮތުން ބަދުބަސް ބުނެ، ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުގޫބާތާ ހިލާފު ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރާތްތަކުގައި އަވައްޓެރި ގައުމުތަކާ ބެހޭގޮތުން ބަދުބަސް ބުނެ، ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ އާންމު މަސްލަހަތާ ހިލާފު ކަމެއް ކަމަށެވެ. އަދި އެތަކެތި ވަގުތުން ވަގުތަށް ފުލުހުން ނިކުމެ އެ ތަކެި ނަގަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބެނާ

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާއެއް ނަގާފައިވާތީއެވެ. ބޮޑުތަކުރުފާނު މަގުގައި އުސްކޮށް އިމާރަތް ކުރަމުންދާ ރައީސް ޔާމީންގެ ގެކޮޅުގެ އެންމެ މަތިން ފެށިގެން ބޮޑު ބެނާއެއް ނަގާފައިވާއިރު، މަގުންދާ މީހުންނަށް އެ ބެނާ ރީތިކޮށް ފެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *