ކުޅިވަރަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކުގައި މަސައްކަތްކުރުންފަދަ ރަނގަޅު އެތައް ކަންތައްތަކެއް އޭގެ ޒަރީއާއިން ގެނެސްދޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ދި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022"ގެ ލޯގޯ އިފްތިތާޙްކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލޯގޯ އިފްތިތާހްކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ކުޅިވަރު އިތުރަށް ފުޅާކުރުމަށް އަދި ޚާއްޞަކޮށް ޒުވާނުން ކުޅިވަރުގެ މައިދާނަށް ނެރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކުޅިވަރަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކުގައި މަސައްކަތްކުރުންފަދަ ރަނގަޅު އެތައް ކަންތައްތަކެއް އޭގެ ޒަރީއާއިން ގެނެސްދޭނެ ކަމެއްކަން ފާހަގަކުރައްވައި ޓީޓީއާ އަދި އެހެން ކުޅިވަރުތައް ކުރިއެރުވުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ ރާއްޖޭގައި ދުވަހަކުވެސް ތަރައްޤީ ނުކުރެވޭވަރަށް މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުޅިވަރުގެ އެކިކަންކަން ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިޔަށްދާކަމަށެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޓީޓީ މެޗެއް ކުޅުއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައެވެ.

މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *