ދެ ރަށެއްގެ ޔޫތު ސެންޓަރ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން---- ފޮޓޯ: ޔޫތު މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެ ރަށެއްގައި ޔޫތު ސެންޓަރު ގާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު އެއްބަސްވުމުގައި ސޮއިކުރީ އދ. ދިގުރަށް އަދި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ގާއިމްކުރުމަށެވެ. މި ދެ ރަށުގެ ޔޫތު ސެންޓަރ ގާއިމްކުރުމަށް އިންޑިއާއިން 10 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މި ޔޫތު ސެންޓަރުތަކުގައި އިންޑޯރ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކުގެ އިތުރުން ޖިމް، އޮފީސް ސްޕޭސް އަދި ބައްދަލުވުންތައް ބާއްވާނެ މީޓިންގ ރޫމް ހުންނާނެއެވެ.

މީގެ އިތުރަށް އިންޑިއާ ސަރުކާރުންދޭ 8 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ބިނާކުރުމުގެ އެއްބަސްވުމުގައި ވެސް މިއަދު ސޮއިކޮށްފައިވެއެވެ. މި ޕްރޮޖެކްޓްގައި ނ. މަނަދޫގައި ބައިނަލްއަގްވާމީ ސްޓޭންޑަޑަށް ފެތޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރެވޭނެއެވެ.

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން، ހިލޭ އެހީގެ ދަށުން ހިންގާ މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.