އަންޑަ ގްރެޖުއޭޓް ޑިގްރީ ކޯސްތަކަށް ބަންގްލަދޭޝް އިން ކިޔަވަން ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ 12:30ގެ ކުރިން މި ސްކޮލަޝިޕަށް ހުށަހަޅަން ޖެހޭ އިރު، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެހާ ކުަ ވަގުތުކޮޅެއް ދޭން ޖެހުނީ، ސްކޮލަޝިޕް ދޫކުރާ ފަރާތުން ކުޑަ ވަގުތުކޮޅެއް ދީފައިވާތީ ކަމަށެވެ.
We are pleased to announce the opportunity to apply to fully funded Bachelors Degree under Scholarship for Undergraduate programs by United International University, Bangladesh.
For more information visit https://t.co/PvbiSHGmTG pic.twitter.com/kDSc4zVGKJ
— Ministry of Higher Education (@MoHEmv) April 10, 2022
ބަންގްލަދޭޝްގެ ޔުނައިޓެޑް އިންޓަނޭޝަނަލް ޔުނިވަރސިޓީން ހުޅުވާފައިވާ މި ސްކޮލަޝިޕްގައި ތިން ދާއިރާއަކުން ހަތް ކޯހަކަށް ކުރިމަތިލެވެއެވެ. އެއީ:
ބިޒްނަސް އެންޑް އިކޮނޮމިކްސްގެ ދާއިރާއިން
- ބެޗެލަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބެޗެލަރސް އޮފް ބިޒްނަސް އިން އެކައުންޓިންގް އެންޑް އިކޮނޮމިކްސް
- އަދި ބެޗެލަރސް އޮފް ސައިންސް އިން އިކޮނޮމިކްސް
ސައިންސް އެންޑް އިންޖިނިއަރިންގ ގެ ދާއިރާއިން
- ސިވިލް އިންޖިނިއަރިންގ،
- ކޮމްޕިއުޓަރ ސައިންސް އެންޑް އިންޖިނިއަރިންގ
- އަދި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން
ހިއުމަނިޓީސް އެންޑް ސޯޝަލް ސައިންސްގެ ދާއިރާއިން
- ބެޗެލަރސް އޮފް ސޯޝަލް ސައިންސް އިން އެންވާރަމަންޓް އެންޑް ޑެވެލޮޕްމަންޓް ސްޓަޑީޒް ޕްރޮގްރާމް
މި ސްކޮލަޝިޕްއަކީ ފުލީ ފަންޑެޑް ސްކޮލަޝިޕްތަކެކެވެ. ސްކޮލަޝިޕަށް ހުޅުވާފައިވަނީ ދެ ފުރުސަތެވެ. މި ސްކޮލަޝިޕަށް ފަހު ދެ އަހަރުގެ ބޮންޑެއް އަދާކުރަން ޖެހެއެވެ.