ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް --- ފޮޓޯ: ޕީއެސްއެމް

ސީލައިފްގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ނިންމައިފިއެވެ.

ހައިކޯޓުން އިއްޔެވަނީ، އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ، އިޖުރާއީ ގޮތުން ނުބެލޭނެ ކަމަށް ނިންމާ އެމައްސަލަ ކޯޓުން ބޭރުކޮށްލާފައެވެ. ހައި ކޯޓުން ބުނީ ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފްކޮށްފައިވަނީ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކަމަށް ނުވާތީ، އެމައްސަލަ ބަލައިގަނެ ހިންގޭން ނެތް ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާގައި ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށެވެ.

ޝަމީމް ވިދާޅުވީ އެހެންކަމުން މައްސަލަ އިސްތިއުނާފްކޮށްފައި ވާނީ ސުޕްރީމް ކޯޓުގެ މި ގަވާއިދުގައި ބުނާ މުއްދަތުގެ ތެރޭގައި ކަމަށެވެ.

މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތްކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫން. އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތް. އެއީ ދުވަހުންކަމަށް ވިޔަސް، ގަޑިއިރުން ކަމަށް ވިޔަސް، އިސްތިއުނާފާގުޅޭ ކަންކަމުގައި މުއްދަތު ގުނާނީ ކުރިން ދެންނެވި ގަވާއިދުގައި އޮތް ގޮތަށް، ދަށު ކޯޓުން ނިންމި ދުވަހާއި، އިސްތިއުނާފުގެ މުއްދަތު ހަމަވާ ދުވަހާ ނުލާ،"

މައްސަލަ ބެއްލެވި ފަނޑިޔާރުންވެސް، މީގެ ކުރިން އެތައް މައްސަލައެއްގައި، މިހާރު އަމަލުކުރަމުންދާ ގޮތަށް މުއްދަތު ގުނާފައިވާކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، މިމައްސަލައިގައި، ފަނޑިޔާރުންގެ ވިސްނުންފުޅު ތަފާތުވީ ވަކި ހާއްސަ ސަބަބެއް އެ ގަޟިއްޔާގައި ލިޔުއްވާފައިނުވާތީ، މައްސަލަ ހާއްސަވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން މިއަދު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.