ކުމުންދޫ ބަނދަރު ފުންކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ: އެމްޓީސީސީ

ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ކުމުންދޫ ނެރު ބަދަލު ކުރުމުގެ މަޝްރޫއުގެ ދަށުން 9346.56 ކިއުބިކް މީޓަރުގެ ސަރަހައްދެއްފައި އާ ހާބާ ބޭސިން ފުންކުރުމާއި، 4954.91 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ އިތުރަށް 142 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 198 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 35.38 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ކުމުންދޫ ނެރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރާއީ އާއި އެރަށު ކައުންސިލުގެ ރައީސް އަމީން މުހައްމަދުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުމުންދޫ ބަނދަރު ފުންކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށްފަހު -- ފޮޓޯ: އެމްޓީސީސީ

ވޭދުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ އިތުރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. އެގޮތުން މިހާރުވެސް އެ ކުންފުނިން ދަނީ ރާއްޖޭގެ ގިނަ ރަށްރަށުގައި އެ ކުންފުނީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ.

އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައި ކަމުގައި ވާތީ، އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއި ވަސީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *