މާލޭގެ ގޭބިސީއަކުން ގޯޅިއަކަށް ކުނި ނެރިފައި - ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

ކުރިއަށް އޮތް ރޯދަ މަހު ވެމްކޯއިން މާލެ ސަރަހައްދުގައި ކުނި ނެގުމުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން މިހާރު މާލެ ސަރަހައްދުގޭ ގޭބީސީތަކުން ކުނި ނަގަނީ އިރު އޮއްސި 6 އާ 11 އާ ދެމެދު އެވެ. ރޯދަ މަހަށް ގަޑިތައް ބަދަލުވާނެ ކަން ސަމާލުކަމަށް ގެނައި ނަމަވެސް އަދި އެ ގަޑިތައް އިއުލާނެއް ނުކުރެއެވެ. އާންމުކޮށް ވެމްކޯއިން ކުނި ނަގަނީ ރޭގަނޑުއެވެ.

ކޮވިޑް-19 އާ ގުޅިގެން ކޮންމެ އިމާރާތަކުން ވެސް ތިރިއަށް ކުނި ބާލާ ގޮތަށް ބަދަލުކުރި ނަމަވެސް މިހާރު އެ އުސޫލު އަނެއްކާ ވެސް ކުރިން އޮތް ގޮތަށް ވަނީ ބަދަލުކޮށްފައެވެ. ކުނި ނެރެފައި ބަހައްޓަން ޖެހެނީ ކޮންމެ އެޕާޓްމަންޓަކުން ވެސް އެ އެޕާޓްމަންޓެއްގެ ފްލޯގެވެ. މަގުމައްޗަށް ނެރެފައި ހުންނަ ކުނި ވެމްކޯއަކުން ނުނަގާނެއެވެ.

މިގޮތަށް ކުނި ނެރެފައި ހުންނަ އިރު، އެ ކުންފުނިން ނަގާނީ ރެޖިސްޓްރީކޮށް ބަރާބަރަށް ފީ ދައްކަމުން އަންނަ ގޭބީސީތަކުގެ ކުނި އެކަންޏެވެ.

 

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *