މިނިސްޓަރ މަހްލޫފް އާއި ޕީޖީ ހުސެއިން ޝަމީމް -- ޖަޒީރާ ގްރެފިކްސް: އިސާމް

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލި މައްސަލަ ހައި ކޯޓުން ބަލައިގެންފިއެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރީ މި މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުންނެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ދައުވާކޮށްފައި ވަނީރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވި އިރު ޕީޕީއެމް އިން މަޖިލީހަށް ހުށަހެޅި ބިލަކަށް ވޯޓު ދިނުމަށް ރިޝްވަތު ނެގި ކަމަށް ބުނެއެވެ. ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކޮށްފައި ވަނީ 33،000 ޑޮލަރެވެ.

މި މައްސަލާގެ ޝަރީއަތް ފެށީ މިދިޔަ މަހު 10 ވަނަ ދުވަހުއެވެ. އެ ދުވަހު ވެސް މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.

ޝަރީއަތުގައި މައްސަލަ ބެއްލެވި ގާޒީ މި މައްސަލަ ކޯޓުން ބޭރުކޮށްލީ އެ މައްސަލަ ކުރިއަށް ގެންދިޔަޔަސް އެ ފައިސާ އަކީ ރިޝްވަތުގެ ގޮތުގައި ނެގި ފައިސާކަން ސާބިތުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެއެވެ. އެގޮތުން ޝަރީއަތުގެ މަރުހަލާގައި ހެކިބަސް ނަގައި ބެލިޔަސް އެއީ އެ ފައިސާކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *