އެމް.އެމް.އޭ -- ފޮޓޯ: އަވަސް

އިންޑިއާގެ މަރުކަޒީ ބޭންކު، އާރުބީއައި އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހަމަޖެއްސި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަށް އެއްކޮށް ފައިސާ ދައްކާ ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ކަރަންސީ ސްވޮޕް އަކީ އެއް ގައުމެއްގެ ފައިސާ އަނެއް ގައުމުގެ މަރުކަޒީ ބޭންކުގައި ބެހެއްޓުމަށް ފަހު އެއްބަސްވެފައިވާ ބާވަތުގެ ފައިސާ ލިބޭގޮތަށް ވެވޭ އެއްބަސްވުމެކެވެ. މި ފައިސާ އަނބުރާ ދައްކާނީ އިންޓްރަސްޓާ އެކުގައެވެ. 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް 4 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

އެމްއެމްއޭއިން ބުނިގޮތުގައި މި ފައިސާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ނިންމާފައެވެ. އެގޮތުން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު ދެއްކީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. ޑިސެމްބަރު މަހު ދެއްކީ ބާކީ ހުރި 250 މިލިއަން ޑޮލަރެވެ.

އަދި ނިމުނު އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބިލިއަން ޑޮލަރު ހުރި ދައުލަތުގެ ރިޒާވު ދަށްވީ އެ ފައިސާ އަނބުރާ ދެއްކުކުން ކަމަށް ބުނެއެވެ. އެމްއެމްއޭއިން އާންމުކުރި މައުލޫމާތުގައިވާގޮތުން މިދިޔަ އަހަރުގެ ންވަނަ ކުއާޓަރުގެ ނިޔަލަށް ދައުލަތުގެ ރިޒާވުގައި 1.01 ބިލިއަން ޑޮލަރު ހުއްޓެވެ. ކަރަންސީ ސްވޮޕްގައި ބާކީ ހުރި ފައިސާ ދެއްކުމުން ރިޒާވު ފައިސާ ވަނީ 791.2 މިލިއަން ޑޮލަރަށް ވެއްޓިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *