ގދ. ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިގެން ކުރިއަށް ދާ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ރީޖަނަލް ޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ގާޑް ހައުސް އިމާރާތުގެ ފައުންޑޭޝަން ފޫޓިންގ ގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ޕޯރޓް އެޑްމިނިސްޓްރޭޝަން އިމާރާތާއި، ގާރޑްހައުސް، ވެއަރހައުސް، އަދި ވަރކްޝޮޕް އިމާރާތްއެޅުމާއި، ނަރުދަމާ ނެޓްވޯކެއް ގާއިމްކުރުމުގެ އިތުރުން ފެންޑަރާއި، ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 17.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *