މިއަހަރު ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑި އިއުލާންކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، ހިޖުރައިން 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.
ރައީސް ސޯލިހް ވަނީ ރަމަޟާން މަހު މި ވަގުތަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގަވާފައެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށެން ހަމަޖެހިފައި ވަނީ ކަލަންޑަރުގައިވާ ގޮތުން އަންނަ އޭޕްރީލްމަހު ދެވަނަ ދުވަހުއެވެ.