މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހިން އިން ދޫކުރަން ސަރުކާރުން ނިންމާފައިވާ 1،000 ގޯތި ހިލޭ ދެއްވުމަށް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.

މާލޭ މީހުންނަށް ހާއްސަކޮށް ހުޅުމާލެއިން 1000 ގޯތި ދޭން ސަރުކާރުން ނިންމާފައިވާއިރު ގުޅީފަޅުން މަދުވެގެން 2،000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން މަދުވެގެން 2،000 ގޯއްޗާއެކު ޖުމްލަ 5000 ގޯތި މާލޭ މީހުންނަށް ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރަށް މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުންނަށް ހުޅުމާލެއިން ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ބުނާ 1،000 ގޯތީގެ މައުލޫމާތު ލިބިވަޑައިގަންނަވަނީ މީޑިއާއިން ކަމަށެވެ. އަދި، އެއީ ހަގީގަތެއް ނަމަ، ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މާލޭ ރައްޔިތުންނަށްވެސް ހިލޭ ގޯތި ދިނުމަށް ރައީސް ސާލިހަށް ރަސްމީކޮށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.

މާލޭ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލެއިން 1000 ގޯތި ދޭން ސަރުކާރުން ނިންމާފައިވާތީ، ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އެޗްޑީސީގައި މިހާރު އެދިފައިވާ ކަމަށެވެ. އަދި މިނިސްޓްރީން އެދިފައި ވަނީ ވެށިފަހި ޕްރޮގްރާމްގައި ދޫކުރި ބޮޑު މިނަށް ކަމަށާ އެ ޕްރޮގްރާމްގެ ދަށުން 2008 ވަނަ އަހަރު ދޫކުރީ 1250 އަކަފޫޓުގެ ގޯތިތައް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *