މިނިސްޓަރ މަޙްލޫފް (ކ) އަދި ޕީޖީ ޝަމީމް (ވ): ޖަޒީރާ ގްރެފިކްސް

ޔޫތު މިނިސްޓަރ މަހުލޫފްގެ މައްޗަށް ދައުވާކުރި ކޮރަޕްޝަންގެ މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލާފައިވާތީ އެ މައްސަލަ އަލުން ހުށަހަޅަން ދިރާސާކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް  (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް "ޖަޒީރާ" އަށް ވިދާޅުވީ އެ މައްސަލައިގެ ލިޔެކިޔުންތައް ލިބުނުހާ އަވަހަކަށް ދިރާސާތައް ފަށާނެ ކަމަށާއި، ގާޒީގެ ނިންމެވުން ރަނގަޅަށް ބެލުމަށް ފަހު އެކަމުގައި ގޮތެއް ނިންމާނެ ކަމަށެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ދައުވާކޮށްފައި ވަނީރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވި އިރު ޕީޕީއެމް އިން މަޖިލީހަށް ހުށަހެޅި ބިލަކަށް ވޯޓު ދިނުމަށް ރިޝްވަތު ނެގި ކަމަށް ބުނެއެވެ. ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކޮށްފައި ވަނީ 33،000 ޑޮލަރެވެ.

މި މައްސަލާގެ ޝަރީއަތް ފެށީ މިދިޔަ މަހު 10 ވަނަ ދުވަހުއެވެ. އެ ދުވަހު ވެސް މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ. މަހުލޫފް ވަނީ މައްސަލައިގެ ހެކި ހޯދާފައިވާ ގޮތަށް ބަލާއިރު މިއީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއް ނޫން ކަމަށް މަހުލޫފް ވިދާޅުވިވިއެވެ.

މިއަދުގެ ޝަރީއަތުގައި މައްސަލަ ބެއްލެވި ގާޒީ މި މައްސަލަ ކޯޓުން ބޭރުކޮށްލީ އެ މައްސަލަ ކުރިއަށް ގެންދިޔަޔަސް އެ ފައިސާ އަކީ ރިޝްވަތުގެ ގޮތުގައި ނެގި ފައިސާކަން ސާބިތުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެއެވެ. އެގޮތުން ޝަރީއަތުގެ މަރުހަލާގައި ހެކިބަސް ނަގައި ބެލިޔަސް އެއީ އެ ފައިސާކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *