ގދ. ތިނަދޫގައި ހިންގަމުންދާ އަދި ހިންގަން ރާވާފައިވާ މަޝްރޫއުތަކުގެ މަޝްވަރާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އިން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއެކު އެރަށް ގޮސްފިއެވެ.

ޕްލޭނިން މިނިސްޓަރާއެކު އާރްޑީސީގެ ސީނިއާ މެނޭޖްމަންޓް ބޭފުޅުންނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ، މިއަދު ތިނަދޫ ކައުންސިލާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެ ދެ ކުންފުނިން ވެސް ގެންދަނީ ތިނަދޫގައި ބޮޑު ދެ މަޝްރޫއެއް ކުރިއަށް ގެންދަމުންނެވެ.

އާރްޑީސީން ތިނަދޫގައި ކުރިއަށް ގެންދާ އެންމެބޮޑު މަޝްރޫއަކީ އެރަށު މަގު ހެދުމުގެ މަޝްރޫއެވެ. އަދި އެމްޓީސީސީން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއަކީ ތިނަދޫގެ ބިން ހިއްކުމާއި ޕޯޓް އެޅުމުގެ މަޝްރޫއެވެ.

އެ ދަތުރުގައި އާރްޑީސީގެ ސީނިއާ މެނޭޖްމަންޓުން ވަނީ ތިނަދޫގެ އާރްޑީސީ މުވައްޒަފުންނަ ބައްދަލުކުރައްވާ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުވާފައެވެ.

މީގެ އިތުރުން އެ ދަތުރުގެ ބައިވެރިން ވަނީ ގދ. ގައްދުއަށް ޒިޔާރަތްކޮށް، ގައްދޫގެ މަޝްރޫއުތަކާ ގުޅޭގޮތުން އެރަށު ކައުންސިލާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *