ގދ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫއު ހިންގާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނީ މިހާރު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން އަދި ކާބްސްޓޯން ކާސްޓް ކުރުމުގެ މަަސައްކަތް ކަމަށެވެ. މި މަޝްރޫގެ މަސައްކަތް ކުރިއަށްދަނީ ތިނަދޫގެ ދެވަނަ ފިޔަވަހީގައެވެ. އެގޮތުން ދެވަނަ ފިޔަވަހީގައި  ބޮޑު 14 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެކު ޖުމްލަ 6.5 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ތިނަދޫ މަގުހެދުމުގެ މަޝްރޫއު ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 2021ވަނަ އަހަރުގެ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އެވެ. މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 78 މިލިއަން ރުފިޔާއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *