ބ. ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނީ، ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަޝްރޫއުގެ މަސައްކަތުގެ  100 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.

ބ އަތޮޅު ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ  މަސައްކަތް ކުރިޔަށްގެންދިޔުމަށް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ  މާޗް މަހުގެ 29 ވަނަ ދުވަހުގައެވެ. އެއީ  ބ. ދަރަވަންދޫ، ތުޅާދޫ އަދި ކެންދޫއެވެ.

ބ ދަރަވަންދޫ އަދި ބ ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 2.2 މިލިއަން ރުފިޔާއަށް އަދި ބ ކެންދޫ ފުޓޫބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 1.6 މިލިއަން ރުފިޔާއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *