އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ފޯރުކޮށްދެމުން އަންނަ ޓްރެވަލް ތަކާފުލްގެ ހިދުމަތަށް "ކޮވިޑް-19 ކަވަރ" އިތުރުކޮށްފިއެވެ.

ދަތުރުވެރިންގެ އެކި ބޭނުންތަކަށް ފުދޭނެހެން ފަރުމާކޮށްފައިވާ ޓްރެވަލް ތަކާފުލްއަށް އިތުރުކޮށްފައިވާ "ކޮވިޑް ކަވަރ"ގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަމެއް ކަށަވަރުވެއެވެ. އެގޮތުން އަލަށް ހިމަނާފައިވާ "ކޮވިޑް ކަވަރ"އިން ބަދަލު ލިބޭ މުހިންމު ހާލަތްތަކުގެ ތެރޭގައި، ދަތުރު ތެރޭގައި ކޮވިޑަށް ފައްސިވެގެން އައިސޮލޭޓް ވާން ޖެހިއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަށް ދާ ހަރަދު، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން އިމަރޖެންސީ ސިއްހީ ފަރުވާ ބޭނުންވެއްޖެ ނަމަ އެކަމަށް ދާ ހަރަދު ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކޮވިޑަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނެތް ތަނެއްގައި ދަތުވެރިޔާ ހުންނަ ހާލަތެއްގައި، މެޑިކަލް އިވެކުއޭޝަންގެ ހިދުމަތަށްވެސް ޓްރެވަލް ތަކާފުލްގެ "ކޮވިޑް ކަވަރ" ތެރެއިން ބަދަލު ލިބެއެވެ.

މިހާރުވެސް ދަތުރުވެރިންގެ މެދުގައި މަގުބޫލު "ޓްރެވަލް ތަކާފުލް" އަކީ ދަތުރުމަތީގައި ކުރިމަތިވާ ހުރަސްތަކަށް ލުއިކަން ހޯދައިދޭ ޕްލޭނެކެވެ.  އެގޮތުން ފައިސާއާއި އަގުބޮޑު މުދާ އަދި ޕާސްޕޯޓް ފަދަ މުހިންމު ލިޔެ ކިޔުންތަކަށް ލިބޭ ގެއްލުމާއި ކުއްލިއަކަށް ބޭނުންވާ ސިއްހީ ފަރުވާތަކަށް މިޕްލޭނުން ކަވަރޭޖް ޔަގީންކޮށްދެއެވެ.

އެހެންކަމުން އަލަށް އިތުރުކުރި "ކޮވިޑް ކަވަރ" އާއި އެކު މިޕްލޭން ވެގެންދާނީ، ނިއު ނޯމަލްގެ ތެރެއިން އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް އެންމެންވެސް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއްކަން ހަނދުމަކޮށްދޭ ޕްލޭނަކަށެވެ.

މައިއެލައިޑް.އެމްވީ ޕޯޓަލް މެދުވެރިކޮށް ޓްރެވަލް ތަކާފުލްގެ ހިދުމަތް ވަގުތުން ހޯދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *