ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މާދަމާ ޕޮލިސް ބޯޑަށް ހާޒިކުރަން ނިންމައިފިއެވެ.

ސީޕީ ޕޮލިސް ބޯޑަށް ހާޒިރުކުރަން ނިންމާފައިވަނީ މާދަމާ މެންދުރު ފަހު 02:00 އަށެވެ. ސީޕީ ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެންކަމެއް އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެއީ ފުލުހުން ހިންގި އޮޕަރޭޝަނަކާއި ގުޅިގެން ފުލުހަކު އިޖުރާތެއް ހިގުމުގައި ގޯސްކޮށް އަމަލުކުރިކަމަށް ޝައްކުކުރެވުނު މައްސަލައެއްގައިކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

މާދަމާ ދޭއް ޖަހާއިރު އާޅުގަނޑު ޕޮލިސް ބޯޑަށް އެބަ ހާޒިރުކުރޭ ކޮމިޝަނާ އޮފް ޕޮލިސްގެ ހައިސިއްޔަތުން ޖަވާބުދާރީވާން. އެއީ މާލެ ސަރަހަށްދުގައާއި މިތާ ކައިރި ހިސާބެއްގައި ހިގައި ދިޔަ އޮޕަރޭޝަނަކާއި ގުޅިގެން ފުލުހަކު އިޖުރާތެއް ހިގުމުގައި ގޯސްކޮށް އަމަލުކުރިކަމަށް ޝައްކު ކުރެވިގެން.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޕޮލިސް ބޯޑަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި، ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މި ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންގެ މައްޗަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *