ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް ފަށަނީ، ފުރަތަމަ ގެތައް އަޅަން ބައިސަން ކުންފުންޏަށް

ފްލޯޓިން ސިޓީގެ ކޮންސެޕްޓް ކުރެހުމެއް.

ރާއްޖޭގައި އަޅާ އެންމެ ފުރަތަމަ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން. އެތަނުގައި އިމާރާތްތަކެއް އެޅުމަށް ބައިސަން މޯލްޑިވްސް ކުންފުންޏާއި ނެދަލޭންޑްސްގެ ޑަޗް ޑޮކްލެންޑްސް ކުންފުނިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފްލޯޓިން ސިޓީއެއް އެންމެ ފުރަތަމަ ރާއްޖޭގައި އަޅަން މަސައްކަތް ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. އެ މަޝްރޫއު މި ސަރުކާރުން އަލުން ފަށަން ނިންމީ މިދިޔަ އަހަރުގެ މާޗް މަސް ތެރޭގައެވެ. އެ މަޝްރޫއުގެ ދަށުން އަގުހެޔޮ ތިމާވެއްޓާއި ރައްޓެހި ބޯހިޔާވަހިކަމުގެ ފުރުސަތުތަކެއް ދިވެހިންނަށް ލިބިގެންދާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. އެ މަޝްރޫއު ކުރިޔަށްގެންދަނީ އެފަދަ މަސައްކަތްތަކަށް ފުންނާބު އުސް ނެދަލޭންޑްސްގެ ޑަޗް ޑޮކްލެންޑްސްއިންނެވެ.

ރާއްޖޭގައި ގާއިމުކުރާ ފްލޯޓިން ސިޓީގެ އެންމެ ފުރަތަމަ ގެތައް އަޅަން ބައިސަން މޯލްޑިވްސް ކުންފުނިން މިހާރު ޑަޗް ޑޮކްލެންޑްސްއާއެކު ސޮއިކޮށްފައިވާއިރު، އެ މަސައްކަތުގެ ދަށުން ބައިސަން އިން އިމާރާތްކުރާ ގެތަކަކީ އެ ސިޓީއަށް އާންމުން ޒިޔާރަތްކޮށް، ސަރަހައްދު ބަލައިލުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އަޅާ ގެތަކެއްކަމަށް ބައިސަންއިން ބުނެއެވެ.

އެ ސިޓީ ގާއިމުކުރަނީ ލޯންޗު މެދުވެރިކޮށް މާލެއިން ފަސް މިނެޓުން ދަތުރުކުރެވޭ ދުރުމިނެއްގައެވެ. އަދި އެތަނުގައި އަޅަން ގަސްދުކުރާ އެންމެ ފުރަތަމަ ގެތައް ރޯދަ މަހުގެ ނިޔަލަށް ނިމޭނެކަމަށް ބައިސަންއިން ބުނެއެވެ. އެ ގެތައް ނިމުމާއެކު އާންމުންނަށް އެ ސަރަހައްދު ބަލާލަން ދެވޭނެފަދަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެކަމަށް ބައިސަންއިން ބުނެއެވެ.

ބައިސަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަޖީދު އެ މަޝްރޫއާ ގުޅިގެން ވިދާޅުވީ އެފަދަ އީޖާދީ ބޮޑު މަޝްރޫއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ބައިސަން ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއްކަމަށެވެ.

"އެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ގެތައް ނިންމައި ވަގުތަށް ޑެލިވާ ކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން،"

މަޝްރޫއާ ގުޅޭ ގޮތުން މޯލްޑިވްސް ފްލޯޓިން ސިޓީގެ ޑިރެކްޓަރު އިބްރާހިމް ރިޔާޒް ވިދާޅުވީ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް ފެށުނީތީ އުފާކުރައްވާކަމަށެވެ. އަދި އެ މަސައްކަތް ފެށުނީ އެތައް ދުވަހެއްގެ އުނދަގޫ ގާނޫނީ އަދި ޓެކްނިކަލް މަސައްކަތްތަކަކަށްފަހުކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިތިބީ ކެތްމަދުވެފަ، އެންމެ ފުރަތަމަ ފަހަރަށް އާންމުންނަށް އެ ސަރަހައްދުގައި އަޅާ ގެތައް ދައްކާލުމަށް. އަމިއްލައަށް އެތަންތަން ބަލާލަން ފުރުސަތު ދިނުމަށް. އެފަދަ އިނޮވޭޓިވް ކަމެއް ފެނުމުން ގަބޫލުކުރެވޭނީ،"

ފްލޯޓިން ސިޓީ މާލެއާއި ކައިރީގައި ގާއިމުކުރާއިރު، އެތަނުގައި 5،000 ގެ އަޅާނެއެވެ. އެތަނުގައި އަޅާ ގެތައް ހުންނާނީ ރައްކާތެރިކަމަށްޓަކައި ފަޅުގެ ބިންގަނޑާއި ގުޅުވައި، އައްސައިފައެވެ.

0
0
0
1
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %