މުޅި ރާއްޖެއަށް ހުޅުވައިގެން ކުރިއަށްގެންދާ ބޮޑު ފުޓްސަލް ޗެލެންޖް "ގޯލްޑަން ފުޓްސަލް ޗެލެންޖް"ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒެވެ. އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ރައީސް ރިލްވާން މޫސާއެވެ.

2015 ވަނަ އަހަރުން ފެށިގެން ބާއްވާ މި މުބާރާތުގައި ހަ ވަނަ މުބާރާތުގައި 91 ޓީމެއް ބައިވެރިވާއިރު 177 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިމަހުގެ 18 ވަނަ ދުވަހު ފަށާ މި މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ހުޅުމާލެ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގައި މާލެ އާއި ފުވައްމުލައް ނޫން އެހެން ހުރިހާ ރަށަކުން އެއް ޓީމަށް ބައިވެރިވެއެވެ. މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ދެއެވެ.

މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.