ރައީސް ސޯލިހު މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް އަލް އީސާއަށް ނިޝާން ކަލާފާނުގެ ޝަރަފު އަރުވަނީ. ފޮޓޯ: ރައީސް އޮފީސް.

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް މުސްލިމް ވޯލްޑް ލީގު ނުވަތަ ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ޝައިހް މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އަރުވައިފިއެވެ.

ރާއްޖޭގައި 15 ގަރުނުގައި ވެރިކަން ކުރެއްވި އައްސުލްތާން އިބްރާހިމް ކަލާފާނަށް ނިސްބަތްކޮށް ދޭ އެ ޝަރަފު ޝެއިހް އަލް އީސާއަށް ރައީސް ސޯލިހު އެރުވީ މިއަދު މެނދުރު އެކަމަށްޓަކައި ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޝެއިހް އަލް އީސާއަށް އެ ޝަރަފު އެރުވީ ރާއްޖެއާއި މުސްލިމް ވޯލްޑް ލީގާ ދެމެދު އުފެދިފައިވާ އިސްލާމީ އުހުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށާއި، އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށާއި، ދުނިޔޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކުރެއްވުމަށް ޝެއިހް އަލް އީސާ ދެއްވާ އަހައްމިއްޔަތުކަމުގެ އަގުވަޒަންކުރުމަށްކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ނިސްބަތް ވަނީ އައްސުލްތާން އިބްރާހީމް ކަލާފާނަށެވެ. އެއީ މީލާދީން 1585 އިން ފެށިގެން 1609 އަށް ރާއްޖޭގައި ރަސްކަންކުރެއްވި ބޭފުޅެކެވެ.

ޝެއިހް އަލް އީސާ މިހާރު ރާއްޖެއަށް ކުރައްވާ އެ ދަތުރުފުޅަކީ ރައީސް ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގައި ޝެއިހް އަލް އީސާ ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިއަދު ރައީސްއާ އެކު ބައްދަލުވުމެއް ބާއްވައިފައެވެ. ރައީސްގެ އިތުރުންވެސް ޝެއިހް އަލް އީސާ ދައުލަތުގެ އެކި ވަޒީރުންނާއި އެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *