ފައިލް ފޮޓޯ | މަގެއް ބަންދުކޮށް، ފުލުހުން ހަރަކާތްތެރިވަނީ

މިއަދު ހެނދުނު މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލާގައި އިންޑިއާ އަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ހެނދުނު 6:20 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އެނގިފައިވާގޮތުގައި އެއީ އަންހެން މީހާގެ ފިރިމީހާއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ދެމީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ. އަދި ބޮޑުވަރުވެފައި ވަނީ އަންހެން މީހާ އަށެވެ. އެހެންވެ އަންހެން މީހާ އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.

އެ ހާދިސާގައި އަނިޔާވި އަންހެން މީހާ ފުލުހުން އެ ގެއިން ނެރެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއްކޮށްފައިވާތަން ފެނެއެވެ. އަދި ހިނގަންވެސް އުނދަގޫވެގެން އުޅޭ މަންޒަރު ފެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *