އެމެރިކާއިން ރާއްޖެއަށް އިތުރު ވެކްސިން ޝިޕްމެންޓެއް ހަދިޔާކޮށްފިއެވެ.

ކޮވިޑާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެބާރުމުގެ ގޮތުން އެމެރިކާއި ހަދިޔާކޮށްފައިވަނީ 210،600 ޑޯޒްގެ ފައިޒަރ ވެކްސިންއެވެ. އެމެރިކާ އެމްބަސީން ބުނީ، ކޮވެކްސްއާއި ޔުނިސެފް ފަދަ ފަރާތްތަކާއި ގުޅިގެން އެމެރިކާއިން މި މަސައްކަތުގައި ދެމިއޮންނާނެ ކަމަށާއި، ވަކިން ހާއްސަކޮށް އޭޝިއާ ބައްރުގައި އޮމިކްރޯން ވޭރިއަންޓް އިތުރުވެފައިވާ ދަނޑިވަޅުގައި މި މަސައްކަތުގައި ދެމިއޮންނާނެ ކަމަށެވެ.

އެމެރިކާއިން އަންނަނީ ކޮވިޑުން އަރައިގަތުމަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް ބޮޑެތި އެހީތަކެއް ވަމުންނެވެ. އެގޮތުން މީގެކުރިންވެސް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފައިވެއެވެ.

ވެކްސިންގެ އިތުރުންވެސް ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން ވަނީ މިހާތަނަށް ރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި ޕީ.ޕީ.އީ  އާއި ޕީސީއާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު އެ ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *