މާލެ ސިޓީ - ފޮޓޯ: ޝުއާއު/ޓްވިޓާ

މާލ މާފަންނުގައި ހުރި ގެޔެއްގެ ތެެރޭއި މަރުވފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެޔެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ. އަދި އެއީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެެއްކަމަށްވެސް ފުލުހުން ބުނެއެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ފެނިފައި ވަނީ މ. ހިލްޓަން ނަމަކަށް ކިޔާ ގެޔަކުންނެވެ. އަދި އެމީހާއަކީ އެސްޓީއޯގެ ސީނިއާ މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހެއްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ނަމަވެސް އެމީހާ މަރުވެފައިވާ ސަބަބެއް އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.