ސިފައިންގެ ފްލެޓްތައް ކައިރި އަލިފާން ހިފާފައި. ޖަޒީރާ ފޮޓޯ: އިބްރާހިމް އިފާޒް

ހުޅުމާލޭގައި ހުންނަ ސިފައިންގެ ފްލެޓްތައް ކައިރި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސިފްކޯ ނުވަތަ ސިފައިންގެ ފްލެޓްތައް ކައިރީގައި ހުރި ކުނި ތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަލިފާން ރޯވި ސަރަހައްދަކީ ހުސް ބިމެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ސަރަހައްދުގައި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާތަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަދި ވީޑިއޯތަކުން ދައްކައެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، އެމްއެންޑީއެފުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށްހެން ކޮންޓްރޯލްކޮށްފައެވެ.

ނަމަވެސް ހޫނުގެ ސަބަބުން ލކުދި އަލިފާންތައް އަދިވެސް ފެންނަމުންދާތީވެ އެ ސަރަހައްދު އެއްކޮށް އަދި ދޫކޮށްލާފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.