މާދަމާއިން ފަށައިގެން ސިނަމާލެ ބްރިޖް ސަރަހައްދުގައި އާ ސާމްޕަލް ސެންޓަރެއް ހުޅުވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭއިން ބުނީ އެ ސާމްޕަލް ސެންޓަރު ހުންނާނީ ސިނަމާލެ ބްރިޖް ސަރަހައްދާއި ކައިރީގައި ހުންނަ ޕާކިން ޒޯނުގައި ކަމަށެވެ. އަދި އެތަނުން މާދަމާ 9:00 އިން ފެށިގެން ސާމްޕަލް ޓެސްޓުކުރަން ފަށާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
އާ ސެންޓަރާއެކު މިހާރު މާލެ ސަރަހައްދުގައި ޖުމްލަ ފަސް ސާމްޕަލް ސެންޓަރެއް ހުންނާނެއެވެ. އަދި މާލޭގައި ތިން ސަރަހައްދެއްގައި ސާމްޕަލް ސެންޓަރެއް ހުންނާނެއެވެ. އެއީ ހެންވޭރު ސްޓޭޑިއަމްގައި ހުންނަ ސެންޓަރާއި، ސޯޝަލް ސެންޓަރާއި މާދަމާ ހުޅުވާ ސިނަމާލެ ބްރިޖު ކައިރީގައި ހުންނަ ސެންޓަރެވެ. ހުޅުމާލޭގައި ސާމްޕަލް ސެންޓަރަކަށް ހުންނާނީ ރުއްގަނޑު ސަރަހައްދުގައި ހުންނަ ސެންޓަރެވެ. އަދި ވިލިމާލޭގައި ސާމްޕަލް ސެންޓަރަކީ އެ އަވަށުގެ ފްލޫ ކްލިނިކެވެ.
ފްލޫ ކްލިނިކްގެ ގޮތުގައި މާލޭގައި އޮޕަރޭޓްކުރާނީ ސެނަހިޔާ ފްލޫ ކްލިނިކްއެވެ. އަދި އެފްއޭއެމް ބިލްޑިންގައި ހުންނަ ސެންޓަރުން ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ލިބޭނެއެވެ. އައިޖީއެމްއެޗުގައިވެސް ފްލޫ ކްލިނިކެއް ހުރެއެވެ. ސެނަހިޔާއިން އާންމުންނަށް ޓެސްޓުކުރެވޭނަމަވެސް އައިޖީއެމްއެޗުގެ ފްލޫ ކްލިނިކުން ޓެސްޓުކޮށްދެނީ ހަމައެކަނި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން އެކަންޏެވެ.
ހުޅުމާލޭގައި ފްލޫ ކްލިނިކެއް ގޮތަށް އޮޕަރޭޓްކުރާނީ ހުޅުމާލެ ހޮސްޕިޓަލެވެ. އަދި ވިލިމާލޭގައި ފްލޫ ކްލިނިކަކީ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ކްލިނިކެވެ.
ފްލޫ ކްލިނިކްތައް
- ސެނަހިޔާ ފްލޫ ކްލިނިކް (އާންމުންނަށް ޓެސްޓު ކުރެވޭ)
- ވިލިމާލެ ފްލޫ ކްލިނިކް
- ހުޅުމާލެ ހޮސްޕިޓަލް
- އައިޖީއެމްއެޗް (ޓެސްޓުކުރަނީ ހައި ރިސްކް ބަލިމީހުންނާއި އެޑްމިޓްކުރާ މީހުންނަށް)
ސާމްޕަލް ސެންޓަރުތައް
- ހެންވޭރު ސްޓޭޑިއަމް - މާލެ
- ސޯޝަލް ސެންޓަރު - މާލެ
- ސިނަމާލެ ބްރިޖްގެ ޕާކިން ޒޯން ސެންޓަރު - މާލެ
- ވިލިމާލެ ފްލޫ ކްލިނިކް - ވިލިމާލެ
- ރުއްގަނޑު - ހުޅުމާލެ
ޕޮޒިޓިވް ކްލިނިކްތައް
- އެފްއޭއެމް އިމާރާތް - މާލެ