ފުވައްމުލައް ސިޓީ ފޮޓޯ: ޓްރިޕް އެޑްވައިޒަރ

ފުވައްމުލައް ސިޓީގައި ކޮވިޑް ޖެހުނު ބަލި މީހަކު މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިރޭ ބުނީ އިއްޔެ ފަތިހު ފުވައްމުލައް ސިޓީން ކޮވިޑް ޖެހިފއިވާ އުމުރުން 80 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އެމީހާ މަރުވީ ފުވައްމުލައް ސިޓީގެ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެމީހާގެ ހަށިގަނޑު މިހާރު ވަނީ ވަޅުލައިފައެވެ. އެއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 271 ވަނަ މީހާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެފައިވާއިރު މިފަހުން ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް ވަނީ ހަތަރު މީހަކު ކޮވިޑު ބަލީގައި މަރުވެފައެވެ. ރާއްޖޭގައި މިހާރު ދަނީ ދުވާލެއްގެ މައްޗަށް 1،500 އަށް ވުރެ ގިނަ އާ ކޭސް ރިޕޯޓުކުރަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޮވިޑުގެ އޮމިކްރޯން ވޭރިއެންތްވެސް މިހާރު ވަނީ ފެނިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.