29 މާޗް 2019: މިނިސްޓަރު މާރިޔާ މުލިއާގެ އަށް ވަނދެ ވަޑައިގަންނަވަނީ

އާއިލާގެ ބޭފުޅުންނާއި ދަރިން ސިޔާސީ ކަންކަމާ ނުގުޅުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފިއެވެ.

މާރިޔާ އެގޮތަށް ގޮވާލެއްވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އޭނާގެ ދަރިފުޅާ ބެހޭގޮތުން ތުހުމަތުތަކެއް ކޮށް ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.

ދަރިފުޅާއި ގުޅިގެން ނޫސްވެރިޔާ ސުވާލުކުރީ އިނގިރޭސިވިލާތުގައި ދިރިއުޅޭ މާރިޔާގެ ދަރިފުޅު އައްފާން ސައްތާރު، އެގައުމުން 1.5 މިލިއަން ޕައުންޑަށް ގެއެއް ބައްލަވައިގެންފައިވާކަމަށާއި އަދި އެ ގެ ބައްލަވައިގެންފައި ވަނީ ނުރަނގަޅު ގޮތަކަށް ހޯދާފައިވާ ފައިސާއިން ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. ނޫސްވެރިޔާ ވަނީ އެކަމާ ގުޅޭގޮތުން މާރިޔާގެ ބަހެއް ހޯދަން ނޫސްވެރިޔާ އެދިފައި ވެއެވެ.

ޖަވާބުގައި މާރިޔާ ވަނީ އޭނާގެ ކޮރަޕްޝަނުގެ މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވޭނަމަ އެކަން އޭސީސީއަށް ހުށަހަޅައިގެން ބެލުމަށް އެދިފައެވެ. އަދި އައްފާނަކީ 40 އަހަރު ފުރިފައިވާ އިނގިރޭސިވިލާތުގައި މަސައްކަތްކުރަން ޝަރުތު ހަމަވާ ގާނޫނީ ވަކީލެއް ކަމަށެވެ.

މާރިޔާ ވަނީ ނޫސްވެރިޔާގެ އެ ޗެޓްލޮގްގެ ސްކްރީންޝޮޓެއްވެސް އާންމު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގައި ގާނޫނީ ވަކީލެއްކަމަށްވާ އައްފާނުގެ މަސައްކަތާއި، އާމްދަނީ، މި ސަރުކާރާ ގުޅުވާ، އިންތިހާބުތަކާ ދިމާކޮށް ހަދާ ސުރުހީއަކަށްވުމަކީ ދެރަކަމެއް ކަމަށެވެ.

އަދި އޭނާއަށް ކޮރަޕްޝަނުގެ ތުހުމަތެއް ކުރާނަމަ، އެކަން އޭސީސީއަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް މާރިޔާ ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. މާރިޔާ ވިދާޅުވީ އޭނާގެ ދަރިފުޅަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަގާމެއް ނޫނީ ވަޒީފާއެއް އަދާކުރި ނުވަތަ މިހާރު އަދާކުރާ ކުއްޖެއް ނޫން ކަމަށެވެ. އަދި އެއީ ފެށުނީއްސުރެ ރާއްޖެއިން ބޭރުގައި އަމިއްލަ މަސައްކަތްކުރާ ކުއްޖެއް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *