މ. މުލަކުގެ މަގުތައް ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.

މި މަސައްކަތް ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފައިވާ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނީ، މުލަކުގެ މަގުތައް ހެދުމަށް ބޭނުންވާ ރޯމެޓީރިއަލްސް މިހާރު އެ ރަށަށް ގެންގޮސްފައިވާކަމަށެވެ. 106 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މި މަޝްރޫއުއަކީ 420 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

 

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން، 6.077 ކިލޯ މީޓރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ.

މީގެއިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 5 އޭޕްރީލްގައެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *