ADK Hospital Covid-19
އޭޑީކޭ ހޮސްޕިޓަލް ފޮޓޯ: މިހާރު

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އޭޑީކޭ ހޮސްޕިޓަލުަގއި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން މެދުކަނޑާލައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެނދުމަތިކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން މެދުކަނޑާލީ ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން އެ ހޮސްޕިޓަލުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އެ ނިންމުމަށް މާދަމައިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭއިން ބުނީ އެފަދައިން އެނދުމަތިކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން މެދުކަނޑާލުމާއެކު ބަލިމީހާގެ އެހީތެރިއެއްގެ ގޮތުގައި ހުރެވޭނީ ވެސް އެންމެ މީހަކަށް ކަމަށެވެ. އަދި އެ މީހަކީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާންވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ވަނީ، ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާކޮށްފައެވެ. އޭޑީކޭއިން ވަނީ ކޮންމެހެން ހޮސްޕިޓާލަށް ދާން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަނި ދިއުމަށާއި އެހީތެރިއެއްގެ ގޮތުގަިއ މީހަކު ގެންދާނަމަ، އެކަކަށްވުރެ ގިނަ މީހުން ނުގެންދިއުމަށް ނަސޭހަތްތެރިވެފައެވެ.

ހަމައެއާއެކު ހޮސްޕިޓަލަށް ޚިދުމަތް ހޯދަން ދާއިރު، ރަނގަޅަށް މާސްކު އަޅާ، ހޮސްޕިޓަލުގެ އެކި ސަރަހައްދުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަށް ވެސް އޭޑީކޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.