ބެޗެލާސް ޑިގްރީ އަދި މާސްޓާސް ލެވެލްގެ ކޯހަކަށް ކިޔަވަން ބްރޫނާއީއަށް ދިއުމަށް އެއް ސްކޮލާޝިޕް ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕްގެ ދަށުން ކިޔެވޭނީ ޔުނިވާސިޓީ ބްރޫނާއީ ދާރުއްސަލާމް، ޔުނިވާސިޓީ އިސްލާމް
ސުލްތާން ޝަރީފް އަލީ، ޔުނިވާސިޓީ ޓެކްނޮލޮޖީ ބްރޫނާއީ އަދި ޕޮލިޓެކްނިކް ބްރޫނާއީންނެވެ. ބްރޫނާއީގެ އެ ހަތަރު ޔުނިވާސިޓީން ހިންގާ ކޮންމެ ކޯހެއް ވެސް މި ސްކޮލާޝިޕްގެ ދަށުން ކިޔެވޭނެއެވެ.

މި ސްކޮލާޝިޕްގެ ދަށުން ޑިގްރީއަށް ކިޔެވޭނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނަށް ކަމަށްވާއިރު މާސްޓާސްއަށް ކިޔެވޭނީ އުމުރުން 35 އަހަރު ނުވާ މީހުންނަށެވެ.

ބްރޫނާއީއަށް ކިޔަވަން ދިއުމުގެ މި ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައި ވަނީ އަންނަ ފެބްރުއަރީ 10 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ނިޔަލަށެވެ.

މި ސްކޮލާޝިޕަށް ލުރިމަތިލާ ދަރިވަރުންގެ ތެރެއިން ހޮވޭ ދަރިވަރެއްގެ ހުރިހާ ޚަރަދެއް ބަލަހައްޓަން ހަމަޖެހިފައި ވަނީ މި ސްކޮލާޝިޕް ދޭ ފަރާތުންނެވެ. މި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރަކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއެކުވާ އެގްރީމަންޓެއްގެ ދަށުން ރާއްޖެއަށް ޚިދުމަތް ކުރަން ޖެހެއެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.