އާ ޖަނަރޭޓަރު ސެޓާއެކު އދ. ދިގުރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފިއެވެ.

ދިގުރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން އެރަށަށް ފޮނުވި ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރުމަށްފަހު ބޭނުން ކުރަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޖަނަރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ފުރަތަމަ ފަހަރަށް ލޯޑް ދެއްވީ ދިގުރަށު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އަބްދުލް ރަހީމްއެވެ.

ދިގުރަށުގެ ކަރަންޓު ކެޕޭސިޓީ އަކީ ކުރިން 918 ކިލޯވޮޓެވެ. ނަމަވެސް އާ ޖަނަރޭޓަރު ސެޓާއެކު ދިގުރަށުގެ ކަރަންޓު ކެޕޭސިޓީ މިހާރު ވަނީ 1518 ކިލޯވޮޓަށް އިތުރުކޮށްފައެވެ.

ދިގުރަށަށް އަލަށް ގެންދިޔަ ޖަނަރޭޓަރު ސެޓަކީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލް ކޮށްފައިވާ އެ ކުންފުނީގެ ސްޓެވޯ STW600 ގެ ޖަނަރޭޓަރު ސެޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.