ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސް އޮފީސް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފިއެވެ.

ރައީސް އޮފީސް ގޮއްވާލާނެ ކަމަށް ބުނި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތް ނިންމުމަށް ހުޅުމާލެ ކޯޓަށް ގެންދިއުމުން ވަނީ ހަތް ދުވަހުގެ މުއްދަތަކަށް ހޯމް މިނިސްޓްރީން ކަނޑައާޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ރައީސް އޮފީސް ގޮއްވާލާނެ ކަމަށް ބުނެ އޭނާ އިންޒާރު ދީފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހު ދިވެހި ފިރިހެނަކު ވަނީ ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި އެމްއެންޑީއެފް ބޭފުުން ކައިރިއަށް ގޮސް އެތެރޭގައި ތިބި ވެރިން ބޭރަށް ނުނިކުތުމަށް އަންގާފައެވެ. އަދި އެތަން ގޮއްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ޓެރަރިޒަމްގެ ހަމަލާތައް ދޭނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ވެސް މިހާރު ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހުން ހައްޔަރުކޮށް، އަދަބު ދެވޭ ކަމެކެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި، ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީ ގޮއްވާލާނެ ކަމަށް ބުނި މީހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނި މީހަކު ވެސް ވަނީ ހައްޔަރުކޮށް، ދައުވާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.